އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ތަޖުރިބާ ދަތުރެއްގައި ގެމަނަފުށީ ކައުންސިލުން އައްޑޫއަށް

22 އޮކްޓޯބަރ 2018     2 years ago


ތަޖުރިބާ ދަތުރެއްގައި ގެމަނަފުށީ ކައުންސިލުން އައްޑޫއަށް

ތަޖުރިބާ ހޯއްދެވުމުގެ ގޮތުން ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލުން އައްޑޫސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވައެވެ.

ތިން ދުވަހުގެ މިތަޖުރިބާ ދަތުރުގައި ގެމަނަފުށީ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާނާއި، ނައިބު ރައީސް މުޙައްމަދު މުސައްފިރާއި ކައުންސިލަރ ޖާދުﷲ ރަޝީދެވެ. މިބޭފުޅުން އައްޑޫސީޓީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

މިދަތުރުގައި ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ޑިޕާޓްމެންތައް ރޭވިފައިވާ ގޮތާއި، އައްޑޫސީޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިނގާ ގޮތާއި، އައްޑޫގެ މުހިންމު އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަދު ގެމަނަފުށީ ކައުންސިލްގެ މެމްބަރުންނާއި އައްޑޫސިޓީ ކައުންސިލްގެ މެމްބަރުން ވަނީ ކައުންސިލްގެ އިދާރާގައި ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ކައުންސިލުންވަނީ ގެމަނަފުށީ ކައުންސިލަށް ހަނދާނީ ފިލާއެއް ވެދުންކޮށްފައެވެ.