އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ތަމްރީން ޕްރޮގްރާމެއް އައްޑޫސިޓީ ކައުންސިލް އިދާރާއިން ފަށައިފި

26 ސެޕްޓެމްބަރ 2016     4 years ago


މުވައްޒަފުންނަށް އަމާޒުކޮށްގެން ދިވެހި ބަހުގެ ތަމްރީން ޕްރޮގްރާމެއް އައްޑޫސިޓީ ކައުންސިލް އިދާރާއިން ފަށައިފި

އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އޮފީސް ދިވެހި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިތަމްރީން ޕްރޮގްރާމަކީ މުވައްޒަފުންގެ ފެންވަރު މަތިކުރުމުގެ މަޤުސަދުގައި ބޭއްވޭ ސިލްސިލާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ. މިތަމްރީން ޕްރޮގްރާމްގައި މިއިދާރާގެ 28 މުވައްޒަފުން ބައިވެރިވެފައިވާއިރު ސެޝަންތައް ނަންގަވައި ދެއްވާނީ އައްޑޫ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު މިހާދުއެވެ.