އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން މިއަދު ހުޅުވާލައިފި

5 ނޮވެމްބަރ 2018     5 years ago


އަވަށު މަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން މިއަދު ހުޅުވާލައިފި

އައްޑޫސިޓީ ކައުންސިލްގެ އަވަށުމަޝްވަރާ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

ކައުންސިލުން މިއަދު ނެރުއްވި އިއުލާނުގައިވާ ގޮތުން އަވަށު މަޝްވަރާ ކޮމެޓީތައް އުފެއްދުމުގެ މަޤްޞަދަކީ ކައުންސިލުން ސިޔާސަތު އެކުލަވާލުމުގައި ވީހާވެސް ގާތުން ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދޭނޭ ނިޒާމެއް ގާއިމްކުރުމާއި، ވަކިވަކި ދާއިރާތަކަށް ބޭނުންޖެހިފައިވާ ކަންތައްތައް ދެނެގަތުމާއި، ކައުންސިލުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް މަގު ފަހިކުރުމާއި، އަދި އަވަށު ފެންވަރުގައި ބަސްކިޔޭނޭ ނިޒާމެއް ގާއިމްކުރުމެވެ.

ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮމެޓީތައް ހިންގުމަށްޓަކައި މެމްބަރުން ނަގަނީ 5 ދާއިރާއަކުންނެވެ. އެއީ، އިޤްތިސާދީ ދާއިރާ، ޞިއްޙަތާއި މުޖުތަމައުގެ ދާއިރާ، ތަޢުލީމާއި މުއާސަލާތުގެ ދާއިރާ، ތިމާވެށްޓާއި ޔުޓިލިޓީސް ގެ ދާއިރާ، އުމުރާނީ އާއި ތަރައްޤީގެ ދާއިރާ އެވެ.  

ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ، އަދި މީދޫ މިއިން ކޮންމެ އަވަށެއްގައި އަވަށު މަޝްވަރާ ކޮމެޓީއެއް އުފެއްދުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ކޮމެޓީތަކުގައި ތިއްބަވާނީ ގިނަވެގެން 15 މެމްބަރުންނެވެ. އަދި މަދުވެގެން 7 މެމްބަރުންނެވެ.

އައްޑޫސިޓީ ކައުންސިލްގެ އަވަށު މަޝްވަރާ ކޮމެޓީތައް ކައުންސިލުން އުފައްދަވާފައިވަނީ އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގައެވެ.