އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކައުންސިލްގެ އިދާރާއަށް ޒިޔާރަތް ކުރައްވައިފި

7 ނޮވެމްބަރ 2018     5 years ago


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކައުންސިލްގެ އިދާރާއަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ އެމަނިކުފާނު އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ކައުންސިލާ ބައްދަލުކުރެއްވުމަށް ކުރެއްވެވި ޒިޔާރަތެކެވެ.

ރައީސް ނަޝީދުގެ މިޒިޔާރަތުގައި ކައުންސިލްގެ ބޭފުޅުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވެވިއެވެ. މިބައްދަލުކުރެއްވުމުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާ ފުރިހަމައަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބާރު ލިބިދޭންޖެހޭ ކަމާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިމަޝްވަރާގައި ރައީސް ނަޝީދުގެ އިތުރުން އިންތިޤާލީ ކޮމިޓީގެ ރައީސް އަބްދުﷲ ޝާހިދާއި، މަޖިލިސްގެ މެމްބަރުންނާއި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށްފަހު ހޮސްޕިޓަލެއްގެ ގޮތުގައި މިހާރު ތަރައްޤީ ކުރަމުން އަންނަ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ އަށް ޒިޔާރަތް ކުރައްވައި މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާފައެވެ.