އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލް އިން މަރަދޫ ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި

26 ސެޕްޓެމްބަރ 2016     8 years ago


އައްޑޫސިޓީ ކައުންސިލް އިން މަރަދޫ ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާކޮށްފި

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން މަރަދޫ ސިއްހީ މަރުކަޒަށް ކޮމްޕިއުޓަރަކާއި ޓީވީއެއް ހަދިޔާކޮށްފިއެވެ.

މިއަދު ހެދުނު ސިއްޙީމަރުކަޒުގައި ބޭއްވުނު ބައްދަލުވުމެއްގައި މިތަކެތި އެމަރުކަޒާއި ހަވާލުކޮށްދެއްވީ އައްޑުސިޓީގެ ޑެޕިއުޓީ މޭޔަރ އަލްފާޟިލް އަބުދުﷲ ތޮއްޔިބުއެވެ. ސިއްޙި މަރުކަޒުން ތަކެއްޗާއި ހަވާލުވެވަޑައިގަތީ އެމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތް އޮފިސަރ އަލްފާޟިލް އިހްތިޝާމް ނަޖީބްއެވެ.

މަރަދޫ ސިއްޙީ މަރުކަޒަށް މިއަދު ހަދިޔާ ކުރެވުނު ތަކެއްޗަކީ، އެމަރުކަޒުން ޚިދުމަތް ދިނުމަށާއި ތަނަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކެއް ދިމާވާތީ އެމަރުކަޒުގެ މުވައްޒަފުންނާއި ނަރުހުންގެ ފަރާތުން މިތަކެތި ހޯދައިދިނުމަށް ކައުންސިލްގައި އެދެމުންދާތީ، އައްޑޫސިޓީ ކައުންސިލްގެ މިދައުރުގެ 104ވަނަ ޖަލްސާގައި ފާސްކުރެވިގެން ހަދިޔާ ކުރެވުނު ތަކެއްޗެވެ.

މަރަދޫ ސިއްޙީ މަރުކަޒަކީ 24ގަޑިއިރު ޚިދުމަތް ދެމުންގެންދާ ސިއްޙި މަރުކަޒެކެވެ.