އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު 27 އަދި 28 ގައި

26 ފެބުރުއަރީ 2019     5 years ago


ކައުންސިލުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުން މިމަހު 27 އަދި 28 ގައި

އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މިމަހު 27 އަދި 28 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ފުރަތަ ބައްދަލުވުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ވަނަ ދުވަހު ކައުންސިލްގެ އިދާރާގައެވެ. ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 28 ވަނަ ދުވަހު ހުޅުމީދޫ އެސްޓީއޯ އިމާރާތުގައެވެ. 

މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހިނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަންކަން ހިންގުމުގައި މަޝްވަރާއާއި ލަފާ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.