އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިނގިރޭސި ސަފީރު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

12 މާރޗް 2019     5 years ago


އިނގިރޭސި ސަފީރު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އިނގިރޭސި ވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖޭމްސް ޑައުރިސް މިއަދު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސި ސަފީރު، ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އާއި ހުޅުދޫ ކައުންސިލަރ އިބްރާހިމް ޝުކުރީ އާއި ފޭދޫ ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުޙައްމަދު އެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ ކަންކަން ހިނގަމުންދާ ގޮތާއި އާ ސަރުކާރާއެކު ކައުންސިލްގެ ހިންގުމަށް އައި ބަދަލުތަކާއި މަސައްކަތްތައް ރާވައި ހިންގާ ގޮތާއި ގުޅޭ ގޮތުން އިނގިރޭސި ސަފީރު އޮޅުން ފިއްލުވިއެވެ. އަދި ކައުންސިލުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭން ބައްލަވާލެއްވިއެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ ތަރައްޤީގެ ޕްލޭނާއި ގުޅޭގޮތުން އިނގިރޭސި ސަފީރަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވިގޮތުގައި އާ ސަރުކާރާއެކު އައްޑޫގެ ތަރައްޤީއަށް ގިނަ ކަންކަން ސަރުކާރުން ރާވާފައިވާ ކަމަށާއި އައްޑޫގެ ތަރައްޤީގެ ޕްލޭން ކުރިއަށް ގެންދާނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އިނގިރޭސި ސަފީރަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. އިނގިރޭސި ސަފީރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެމަނިކުފާނު ވަނީ ފުރާވަޑައިގެންފައެވެ.