އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ވެހިކަލް އެމިޝަން ސާވޭއެއް ކުރަނީ

21 މާރޗް 2019     5 years ago


އައްޑޫގައި ވެހިކަލް އެމިޝަން ސާވޭއެއް ކުރަނީ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުން އައްޑޫގައި ވެހިކަލް އެމިޝަން ސާވޭއެއް ކުރުމަށް ނިންމައިފިއެވެ.

މިސާވޭއަކީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ވެހިކަލް އެމިޝަން ސްޓޭންޑަޑް އަލުން މުރާޖާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސާވޭއެކެވެ.

މިސާވޭގައި ސައިކަލާއި، ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ހެވީ ވެހިކަލްތަކުގެ މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރޭގައި އެއުޅަނދެއް ދުވެފައިހުރި މިންވަރާއި ޕެޓްރޯލް ޚަރަދާއި ހަފްތާއެއްގައި އެވްރެޖްކޮށް ކިހާ ރާސްތާއެއް ކަނޑައްތުކުރެވޭތޯ ފަދަ މަޢުލޫމާތު އެއްކުރެވޭނެއެވެ.

މިފެށޭ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިޔަށް ގެންދާ މިސާވޭގައި ހިތަދޫގެ ދެ ސަރަހައްދެއްގައި އަދި ފޭދޫގައި ސާވޭގެ މަސައްކަތް ކުރިއަށް ދާނެއެވެ. ސާވޭ ކުރިއަށްދާއިރު އެހީތެރިވުމަށް ފުލުހުންވެސް ހަރަކާތްތެރިވާނެއެވެ.