އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިމާރާތްކުރުމުގެ މަސައްކަތްކުރެވޭ ސައިޓު ތަކަކީ އާންމުންނަށް ރައްކައުތެރި ތަންތަނަށް ހެދުމަށް މޭޔަރ ގޮވާލައްވައިފި

25 މާރޗް 2019     5 years ago


އިމާރާތްކުރުމުގެ މަސައްކަތްކުރެވޭ ސައިޓު ތަކަކީ އާންމުންނަށް ރައްކައުތެރި ތަންތަނަށް ހެދުމަށް މޭޔަރ ގޮވާލައްވައިފި

އިމާރާތްކުރުމުގެ މަސައްކަތްކުރުމުގައި އަދި މަސައްކަތްތައް ކުރުމުގެ ކުރިއަށް އިމާރާތްކުރެވޭ ތަންތަނަކީ އާންމުންނަށް ރައްކައުތެރި ތަންތަނަށް ހެދުމަށް އައްޑޫގައި އިމާރާތްކުރާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް މޭޔަރ ޢަބްދުﷲ ސާދިޤް ގޮވާލައްވައިފިއެވެ.

މޭޔަރ ވިދާޅުވީ، ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާ އެކަންކަން އަވަށުއޮފީސްތަކުން މޮނިޓަރ ކުރައްވަމުންގެންދަވާނެ ކަމުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން "އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އެހެންކަމުން މި ގަވާއިދަށް އަހުލުވެރިވެ، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި އާންމުންގެ ސަލަމާތަށާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މޭޔަރ ގޮވާލެއްވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގެޒެޓު ކުރައްވާފައިވާ މިދަންނަވާ ގަވާއިދުތަކަށް އަހުލުވެރިވެ ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.

 

"އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު"

" އިމާރާތްކުރުމާއިބެހޭ އިދާރީ ގަވާއިދު"

"އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު"