އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށްފި

10 އޮކްޓޯބަރ 2016     7 years ago


14 ޖަނަވަރީ 2017ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިއްޔެ އާއްމު ކުރި މިލިސްޓް  ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން އެސްއެމްއެސް  ކޮށްގެންވެސް ޗެކް ކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެ ރަށެއްގެ ލިސްޓް އެރަށެއްގެ ރަށު ކައުންސިލް އިދާރާއިން އާއްމުކޮށް ފެންނާނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

އިއްޔެ އާއްމުކުރެވުނު ވޯޓް ހައްޤުމީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އެކޮމިޝަނުންވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރު ފަހު 2:00އަށް އަދި ހުކުރު ދުވަހު 2:30 އިން ހަވީރު 5:00އަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިންނެވެ. ޝަކުވާ ހުށަހަޅާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވެއެވެ.

electionsiulaan