އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި އިޢުލާންކޮށްފި

5 މޭއި 2019     4 years ago


މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި އިޢުލާންކޮށްފި

މާދަމާއަކީ ޝައުބާން މަހުގެ ތިރީސްވަނަ ދުވަސް ކަމަށާއި މޭ 6 ވާ ހޯމަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ހަނދާ ބެހޭ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިއްވެވި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނުނުކަމުގެ މަޢުލޫމާތު ލިބިފައިނުވާތީއާއި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނުނުކަމުގެ މަޢުލޫމާތު ލިބިފައި ނުވާތީ އަންނަ ހޯމަ ދުވަހަކީ މުލަ ރޯދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑއަޅުއްވާފައިވާ ކަމަށެވެ. 
މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމުގެ ރަސްމިއްޔާތު އައްޑޫސިޓީގައި ކުރިއަށްދިޔައީ އީދިގަލި ސަރަހައްދުގައެވެ.