އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފިޠުރު ޒަކާތް މާދަމާ ބަހަން ފަށަނީ

2 ޖޫން 2019     4 years ago


ފިޠުރު ޒަކާތް މާދަމާ ބަހަން ފަށަނީ

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތް 3 ޖޫން 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 ފެށިގެން އައްޑޫސިޓީގެ އަވަށު އޮފީސްތަކުން ދޫކުރަން ފަށާނެއެވެ. ފިޠުރު ޒަކާތް ދޫކުރެވޭނީ ފަޤީރުންގެ ދަފްތަރުގައި ވާ ފަރާތުގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓުގެ އަސްލު ގެނައުމުންނެވެ.

މިއަހަރު ފިޠުރު ޒަކާތުން ބައިލިބުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވާލި ފުރުސަތުގައި އައްޑޫސިޓީން 1589 ފަރާތަކުން ފޯމު ހުށަހެޅިއެވެ. މީގެތެރެއިން ފިޠުރު ޒަކާތުގެ ހައްގުވެރިންގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ 884 ފަރާތެކެވެ.

ފިޠުރު ޒަކާތުގެ ބެހެނިވެރިންގެ ލިސްޓު އަވަށު އޮފީސްތަކުގެ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެއެވެ.