އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

23 ޖޫން 2019     4 years ago


އައްޑޫގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ގޮތެއްގައި އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓްޑީޒް އިން ކުރިއަށް ގެންދާ މިމަސައްކަތަކީ ދިވެހިރާއްޖޭގައި ހުރި ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އާސާރީ މާއްދީ ތަރިކަތައް ކިޠާބުކޮށް، އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް 'އޯޕަން އެކްސެސް އޮންލައިން ހެރިޓޭޖް ޑޭޓާބޭސް' އެއް އެކުލަވާލުމުގެ ގޮތުން 2018 ވަނަ ފެށި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތަކެވެ.

ދެއަހަރު ދުވަހުގެ މިމަޝްރޫޢުގެ ދަށުން ލާމު އަތޮޅާއި ފުވައްމުލަކު ސިޓީގެ އާސާރީ ތަންތަނުގެ ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައްޑޫގެ ސާވޭއަށް ފަހު ހއ. ހދ. އެއަށްފަހު ގއ. ގދ. ގައި ސާވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.