އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2002 ވަނަ އަހަރު ދޫކުރެވި ހަވާލުނުކުރުވިހުރި ގޯތިތައް ދޫކުރުމުގެ މަސައްކަތް ފަށައިފި

1 ޖުލައި 2019     1 year ago


2002 ވަނަ އަހަރު ދޫކުރެވި ހަވާލުނުކުރުވިހުރި ގޯތިތައް ދޫކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީ އިން 2002 ވަނަ އަހަރު ދޫކުރެވި އެހެންނަމަވެސް ހަވާލުނުކުރެވި ހުރި ގޯތިތަކުގެ އިންވަކިކޮށް ކަންމުޑި ޖަހައި ގޯތިތައް ވެރިފަރާތްތަކާ ހަވާލު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ގޯތިތައް ހަވާލުނުކުރެވި ދުވަސްތަކެއް ވުމަށްފަހު އެމަސައްކަތް އަލުން ފެށިއިރު އެންމެ ފުރަތަމަ ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަހައްދުގެ ރަތްވިލާ ހިނގުމުން ފެށިގެން ދެކުނަށްގޮސް ކަނބިހާ މަގާއި ހިސާބަށް އައްސޭރިމަގާއި ރާވެރިކަލާ މަގާއި ދެމެދު ހުރި ގޯތިތަކެވެ.

މި ގޯތިތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގެ މަގުތައް ހަދާ ސާރވޭކުރުމަށްފަހު މި ސަރަހައްދުގެ އުތުރުން (ރަތްވިލާ ހިނގުން) ފެށިގެން ލިސްޓްކުރެވިފައިވާ ތަރުތީބުންނެވެ.

ގޯތިތައް ހަވާލުވާ ފަރާތްތަކަށް ހިތަދޫ އަވަށުއޮފީހުން އެކަން އަންގަވަމުން ގެންދާނެއެވެ.