އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޭތަ ނަމާދު ކުރުން މިރޭ އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް އޮންނާނެ

16 ޖުލައި 2019     4 years ago


ކޭތަ ނަމާދު ކުރުން މިރޭ އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް އޮންނާނެ

ރާއްޖޭގެ ގަޑިން މިރޭ 23:43 އިން ފެށިގެން ފަތިހު 5:17 އާއި ދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާނެކަމަށާއި، އެހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދުކުރާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

ކޭތަނަމާދު ކުރުން އައްޑޫސިޓީގައި އޮންނާނީ ކޮންމެ އަވަށެއްގެވެސް ހުކުރުކުރާ އެންމެ ބޮޑު މިސްކިތެއްގައި 17 ޖުލައި 2019 ގެ މެންދަމުން އަލިވެ 3:30 ވާ އިރުއެވެ. މިގޮތުން އައްޑޫސިޓީގެ އަވަށްތަކުގައި ކޭތަނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ:

  • ހިތަދޫ – މަސްޖުދުއް ޛިކުރާ
  • މަރަދޫ – މަސްޖުދުލް އިޚްލާސް
  • މަރަދޫފޭދޫ – މަސްޖިދުއް ނޫރް
  • ފޭދޫ – މަސްޖިދުލް އަމާނި
  • ހުޅުދޫ – މަސްޖިދުލް ވަޙުދާ
  • މީދޫ - މަސްޖިދު އިބްރާހިމް މަޖުދުއްދީން