އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ނަރުދަމާގެ ޚިދުމަތް ގެތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަނީ

22 ޖުލައި 2019     4 years ago


ހިތަދޫ ނަރުދަމާގެ ޚިދުމަތް ގެތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަނީ

އައްޑޫސިޓީ ހިތަދޫ އަވަށުގައި ސަރުކާރުން ޤާއިމުކުރައްވަމުން ގެންދަވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

2009 ވަނަ އަހަރު އައްޑޫސިޓީގައި ފެށި ނަރުދަމާގެ މަސައްކަތުގެ ތެރެއިން ހިތަދޫގެ ނަރުދަމާގެ މަސައްކަތް ނިންމައި ހިތަދޫ އަވަށުގެ އުތުރާއި ދެކުނު އަދި މެދު ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ވަނީ ތައްޔާރުވެފައެވެ.

މިގޮތުން މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުން ގޭގެއަށް ގުޅާފައިވާ ކެޗްޕިޓްތަކަށް ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ތާވަލުކޮށްފައިވާ ގޮތުން ހިތަދޫ ދެކުނު ދާއިރާގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 27 އިން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. ހިތަދޫ އުތުރު ދާއިރާގެ ނަރުދަމާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 10 އިން އޮކްޓޫބަރުގެ 2 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ރާއްވަވާފައިވާއިރު ހިތަދޫ މެދު ދާއިރާގެ މަސައްކަރް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

މިމަސައްކަތް ކުރުމަށް ރާއްވަވާފައިވާ ގޮތުގެ ތާވަލް ކައުންސިލުން ނެރެފައިވާ އިޢުލާނާއެކު ވަނީ ޝާއިޢުކުރެވިފައެވެ.