އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން މިމަހު 30,29 އަދި 31 ވަނަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރައްޔިތުންނާއެކު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 30 ވަނަ ދުވަހުއެވެ. އަދި ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުއެވެ.
މިބައްދަލުވުންތަކަކީ ފާއިތުވި އަހަރުގެ ކައުންސިލްގެ ރިޕޯޓް ހުށަހެޅުމާއި މިހިނގާ އަހަރު ކައުންސިލުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް 2020 ގައި ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން އައްޑޫގައި ކުރިޔަށް ގެންދަން ރާވާފައިވާ ކަންކަމުގައި ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތަކެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ކަންކަން ހިންގުމުގައި މަޝްވަރާއާއި ލަފާ ދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.