މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ގުޅުވައިގެން ކައުންސިލުން ނިންމި ނިންމުމާ އެއްގޮތަށް މިއަހަރުގެ އަޟްހާ ޢީދު ދުވަސް ފާހަގަ ކުރުމަށްވެސް އައްޑޫސިޓީގައި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި އެސަރަހައްދުތައް ނޫން ސަރަހައްދުތަކުގައި ފެންކުޅި ކުޅުން މަނާކޮށް ކައުންސިލުން މިއަދު އެކަން އިޢުލާނުކޮށްފިއެވެ.
ކައުންސިލްގެ މިނިންމުމަކީ ވެތުވެދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީއާއި އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބިފައިވާތީ ޤަވާއިދު ނަންބަރު 2019/R-995 "ޢާންމު އުނދަގުލާއި ބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި އެޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކައުންސިލުން ނިންމި ނިންމުމެކެވެ.
އެގޮތުން މިއަހަރުގެ އަޟްހާ ޢީދު ދުވަހުން ފެށިގެން ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ:
| 
			 #  | 
			
			 އަވަށް  | 
			
			 ފެންކުޅި ކުޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް  | 
		
| 
			 1  | 
			
			 ހިތަދޫ  | 
			
			 ހިތަދޫ ބަނދަރުމަތީގެ ފަތާ ސަރަޙައްދު  | 
		
| 
			 2  | 
			
			 މަރަދޫ  | 
			
			 މަރަދޫ ބަނދަރުގެ އުތުރުކޮޅުން އަލަށް ހިއްކާފައިވާ ސަރަޙައްދު  | 
		
| 
			 3  | 
			
			 މަރަދޫފޭދޫ  | 
			
			 ރަށިކެޑެ(ފެންތާގީ ސަރަޙައްދު)  | 
		
| 
			 4  | 
			
			 ފޭދޫ  | 
			
			 ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު  | 
		
| 
			 5  | 
			
			 ހުޅުދޫ  | 
			
			 ބޮމާ ފަންނު ޕާކް ސަރަޙައްދު، ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު  | 
		
| 
			 6  | 
			
			 މީދޫ  | 
			
			 އިސްމެހެލަހެރާ ޗެނަލްގެ ދެކުނު ފަރާތު ފަސްގަނޑު  | 
		

