ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކުރުން އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ބާއްވާ ގޮތަށް މިއަދު ކައުންސިލުންނިންމައިފި.
ބޮޑު ޖަމާޢަތުގައި އަޟްޙާ ޢީދު ނަމާދު ކުރާނެ އިތުރު ދެ ސަރަހައްދުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވަނީ ހިތަދޫ ލިލީމަގުގެ އިރުމަތީކޮޅުގެ ދެކުނުފަރާތު ހިއްކި ބިމުގައި (ފަތާ ޓްރެކް ސަރަހައްދު) އާއި ފޭދޫ އަދި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގެ ފޭދޫ ހިއްކި ބިމުގައެވެ.