ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ އެމަނިކުފާނު ކުރެއްވީ 17 ނޮވެމްބަރ 2018 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ފުރުނުއިރު، ސަރުކާރުން އައްޑޫގެ ތަރައްޤީއާމެދު ގެންގުޅުއްވާ ތަސައްވުރަށް ކުލަ ޖެހެމުންދާތަން ދަނީ ފެންނަމުންނެވެ. 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ވަނީ ކޮންޓްރެކްޓް ކުރެވި ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށި އަނެއްބައި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ސަރުކާރަށް 1 އަހަރު ފުރުނުއިރު މިހާތަނަށް އައްޑޫގައި 17 މަޝްރޫޢުއެއް ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމަށް ކުންފުނިތަކާ ހަވާލުކުރެވިފައިވެއެވެ. މިމަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
- ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްލާންޓް
 - އައްޑޫސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް
 - އައްޑޫހައި ސްކޫލް 2 ބުރީގެ މަލްޓިޕާޕޯސް ހޯލް
 - އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް
 - ހުޅުމީދޫ މިފްކޯ ބަނދަރު
 - ސެންޓްރަލް ޕަވަރ ސްޓޭޝަން
 - ސ.މަރަދޫފޭދު ބަނދަރު
 - ސ.މަރަދޫ ބަނދަރު
 - ސ.މީދޫ ބަނދަރު
 - ހުޅުމީދޫ ބަހާއުއްދީން މަގު
 - އައްޑޫސިޓީގެ މަގުތަކުގައި ތާރުއަޅައި މަރާމާތުކުރުން
 - ސ.ފޭދޫ ދަނޑުގައި ޓާފް އެޅުން
 - މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން
 - ސ.ފޭދޫ ފަތާ ޓްރެކް
 - ސ.މީދޫ ފަތާ ޓްރެކް
 - ސ.ފޭދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް
 - ހުޅުމީދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް
 

