އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ޓޫރިޒަމްގެ މަސައްކަތް ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެއް

30 ޑިސެމްބަރ 2019     2 years ago


އައްޑޫގައި ޓޫރިޒަމްގެ މަސައްކަތް ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަކީ  ވަރަށް މުހިންމު ކަމެއް

އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 

ޓޫރިޒަމަށް އައްޑޫ އިން ބިޑު ކުރީ، 96 ބިމުގެ 4000 އެނދަށެވެ. މީދޫ ރައްޔިތުން އެދިގެން ލޮކޭޝަން ބަދަލުކުރުމަށް މީދޫގެ 16 ބިމުގެ 320 އެނދު މަޑުޖައްސާލުމުން ޖުމުލަ މިބުރުގައި ބިޑަށް ހުޅުވިފައި އޮތީ 80 ބިމުގާ 3680 އެނދަށެވެ.  މީގެ ތެރެއިން ބިޑު ވިއްކުމުގެ މުއްދަތު ހަމަވިއިރު ވިކުނީ 63 ބިމަކަށް 3390 އެނދެވެ. މުއްދަތު ހަމަވިއިރު ނުވިކެނީ 17 ބިމަކަށް 290 އެނދެވެ.

މި  17 ބިމުގެ 290 އެނދާއި ޓޫރިޒަމް ޒޯންތަކުގެ ކޮމަން ފެސިލިޓީ ތައް އެއްކޮށް ޑިވެލޮޕްކުރެވިދާނެ ގޮތަކީ ކޮބައިތޯ ކައިންސިލުން މިދަނީ ބަލަމުންނެވެ. އިރާދަކުރެއްވިއްޔާ ބިޑު ކާމިޔާބުކުރާ ފަރާތްތަކުން މަސައްކަތް ފަށާއިރު 17 ބިމުގެ މަސައްކަތާއި ކޮމަން ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް އެކު އެކީގައި ފެށިގެން ކުރިއަށް ދާނެއެވެ. މި މަޝްރޫޢު ކާމިޔާބު ކަމާއެކު ގެންދިއުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަކީ އައްޑޫގެ ތަރައްޤީ އަށް ވަރަށް މުހިންމު ކަމެކެވެ.