އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2020ގެ ބަޖެޓާ ގުޅެގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ބައްދަލުވުންތަކެއް

13 ޖެނުއަރީ 2020     4 years ago


2020ގެ ބަޖެޓާ ގުޅެގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ ބައްދަލުވުންތަކެއް

2020 ގެ ބަޖެޓް ކައުންސިލުން ފާސްކުރުމުގެ ކުރިން ރައްޔިތުންގެ ޚިލާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވާގޮތަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

ބަޖެޓަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ހޯދުމުގެ ގޮތުން ޖަނަވަރީ 14 ވަނަ ދުވަހު ހެނދުނު10:00 ގައި މީދޫގެ ރައްޔިތުންގެ ބައްދަލުވުން އޮންނާނެއެވެ. ހުޅުދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނީ މެންދުރު ފަހު 1:00 ޖަހާއިރުއެވެ. މި ބައްދަލުވުން އޮންނާނީ އެސްޓީއޯ އިމާރާތުގައެވެ. ޖަނަވަރީ 14 ވަނަ ވަނަ ދުވަހު ހަވީރު 4:00 ގައި މަރަދޫފޭދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ އިރުޝާދިއްޔާ ސްކޫލްގައެވެ. ޖަނަވަރީ 14 ވަނަ ދުވަހުގެ ރޭ ހިތަދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ ޝަރަފުއްދީން ސްކޫލްގައެވެ.

ޖަނަވަރީ 15 ވަނަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަރަދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ މަރަދޫ ސްކޫލްގައެވެ. މެންދުރު ފަހު 1 ޖަހާއިރު ފޭދޫ ރައްޔިތުންގެ ބައްދަލުވުން އޮންނާނެއެވެ. މި ބައްދަލުވުން އޮންނާނީ ފޭދޫ އަވަށު އޮފީހުގެ ކޮންފަރެންސް ހޯލްގައެވެ.

މި ބައްދަލުވުންތަކަކީ،  2020 ގެ ބަޖެޓާ ގުޅޭގޮތުން ބާއްވާ މުހިންމު ބައްދަލުވުމަކަށްވާތީ މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކައުންސިލަށް ލިބުމަކީ، ވަރަށް މުހިންމު ކަމެކެވެ.