އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ފަށައިފި

18 ފެބުރުއަރީ 2020     1 year ago


ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019/2020" އިއްޔެ އައްޑޫ ސިޓީގައި ފަށައިފި އެވެ.

މިއީ ގޭބިސީތަކަށް ޢަމާޒުކޮށްގެން ހިންގާ ސަރވޭއެކެވެ. މި ސަރވޭގައި ހޮވާލެވޭ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދު ހުރިގޮތުގެ މަޢުލޫމާތު ނަގާނެ އެވެ.

ގޭބިސީގެ އާމްދަނީ އާއި ޚާރަދުކުރުން ހުރި ގޮތުގެ ސަރވޭ އައްޑޫ ސިޓީ ގައި ކުރިއަށްދާނީ 17 ފެބްރުވަރީ 2020 އިން 24 ފެބްރުވަރީ 2020ގެ ނިޔަލަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް 08:30 އިން 18:00 އާއި ދެމެދު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޓީމްތައް ސަރވޭގެ މަޢުލޫމާތު އެއްކުރުމުގައި ޙަރަކާތްތެރިވާނެ އެވެ.

މިއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ހިންގާ ސަރވޭއެކެވެ.