އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީއަށް ޒިޔާރަތްކުރައްވައިފި

2 ނޮވެމްބަރ 2020     3 years ago


ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީއަށް ޒިޔާރަތްކުރައްވައިފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާއި މުވައްޒަފުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު އައްޑޫ ސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ. މިބޭފުޅުންނަށް ހިތަދޫ ބަނދަރުން މަރުޙަބާ ދެންނެވީ ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަޞްރިފާއި ހިތަދޫ މެދުދާއިރާގެ ކައުންސިލަރ، ޖަމްޝީދާ މުޙައްމަދެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަށް ކުރައްވާ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެއެވެ. އަދި ހުޅުދޫ އާއި މީދޫ މިދެއަވަށުގެ އަވަށުއޮފީސްތަކަށް ވެސް ޒިޔާރަތްކުރައްވައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަށް ޒިޔާރަތްކުރައްވައި މައުލޫމާތު ހޯއްދަވާނެއެވެ.  

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އައްޑޫ ސިޓީ އަށް ކުރައްވާ ތަޖުރިބާގެ މި ދަތުރު 10 ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެއެވެ.