އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ

15 އޮކްޓޯބަރ 2016     7 years ago


ކައުންސިލުން އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި ޑަސްޓްބިން ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެބަގެންދޭ

އައްޑޫސިޓީ ކައުންސިލްގެ އިސްނެގުމުގެ ދަށުން އައްޑޫގެ އަވަށްތަކުގެ އެކި ސަރަހައްދުތަކުގައި ޑަސްޓްބިންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ކުނީގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ކައުންސިލުން މި މަސައްކަތް ފައްޓާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން އެފަދަ ސަރަހައްދުތަކުގައި ކުނި އެޅުން ހައްލު ކުރުމުގެ ގޮތުންނެވެ. މިގޮތުން ޑަސްޓްބިންތައް މިހާރު ބެހެއްޓިފައިވާ ބައެއް ސަރަހައްދު ތަކުގެ ތެރޭގައި ކުޑަކުދިންގެ ޕާކްތަކާއި، ސްޓޭޑިއަމް، ބޮޑޮގެ އަދި ފިނިމައިޒާން ފަދަ ތަންތަން ހިމެނެއެވެ. މީގެ އިތުރުން ހިތަދޫ ސްވިމިންގް ޓްރެކް ސަރަހައްދު ސާފުކޮށް އެ ސަރަހައްދުގައިވެސް ވަނީ 2 ޑަސްޓްބިން ބެހެއްޓިފައެވެ.

ރަށުތެރެ ސާފު ވުމަކީ އޭގެ ސަބަބުން ތަނަށް ރިވެތިކަން އައުމުގެ އިތުރުން ބަލިތައް ފެތުރުން ހުއްޓުމުގައިވެސް މުހިއްމު ދައުރެއް އަދާ ކުރާ ކަމެކެވެ. މި ސަބަބާ ހުރެ އައްޑޫ އަކީ ސާފުތާހިރު އަދި ތިމާވެއްޓަށް ލޯބި ކުރާ ސިޓީއެއް ކަމުގައި ހެދުމަކީ އަބަދުވެސް ކައުންސިލްގެ ލަނޑުދަޑިއެކެވެ. ނަވަމެސް މިކަމަކީ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކުރެވޭނެ ކަމަކަށްވާތީ މިފަދަ ކަންކަމުގައި އަމިއްލައަށް އިސްނަގައި ރަށުތެރެ ސާފުކޮށް ބެހެއްޓުމުގައި އެހީތެރިވެދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.