އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި މުނިސިޕަލް އިންސްޕެކްޓަރުންގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މަޝްވަރާކުރައްވައިފި

26 ނޮވެމްބަރ 2020     3 years ago


އައްޑޫ ސިޓީގައި މުނިސިޕަލް އިންސްޕެކްޓަރުންގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގައި މުނިސިޕަލް އިންސްޕެކްޓަރުންގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ކައުންސިލްގެ މައްޗަށް ލާޒިމުކުރައްވާފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅޭގޮތުންނާއި، ކައުންސިލާއި، އަވަށު އޮފީސްތަކާއި، ފުލުހުންނާއި ގުޅިގެން މުނިސިޕަލް އިންސްޕެކްޓަރުންގެ މަސައްކަތް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ، ޢަބްދުﷲ ޞާދިޤާއި، އައްޑޫ ސިޓީގެ ކައުންސިލަރުންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް ސައުތު ޑިވިޝަންގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަމީން އަބްދުލް ޤައްޔޫމާއި، ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، ޔޫސުފް ލޫތު އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ، އިބްރާހިމް ނަޢީމްގެ އިތުރުން ހިތަދޫ އަވަށު އޮފީސްތަކުގެ މުނިސިޕަލް އިންސްޕެކްޓަރުން ބައިވެރިވެލެއްވިއެވެ.