އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'އައްޑޫސިޓީ ގްރީން ސްކޫލް އިނީޝިއޭޓިވް' ޕްރޮގްރާމް ފެއްޓުމަށްޓަކައި ކައުންސިލުން ތައްޔާރުވެއްޖެ

18 އޮކްޓޯބަރ 2016     7 years ago


'އައްޑޫސިޓީ ގްރީން ސްކޫލް އިނީޝިއޭޓިވް' ޕްރޮގްރާމް ފެއްޓުމަށްޓަކައި ކައުންސިލުން ތައްޔާރުވެއްޖެ

އައްޑޫސިޓީ ކައުންސިލުން އިސްވެ 'އައްޑޫސިޓީ ގްރީން ސްކޫލް އިނީޝިއޭޓިވް' ގެ ނަމުގައި ހިންގާ ޕްރޮގްރާމް ފެއްޓުމަށްޓަކައި ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމް ގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުމާއި ސްކޫލްތަކުގައި ކުނި މެނޭޖްކުރާގޮތް ރަނގަޅު ކުރުމާއި އަދި ތިމާވެށީގެ ރައްކާތެރިކަން ދަމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމުގެ އިތުރުން މުޖްތަމަޢުއަށް މިކަންކަން ދަސްކޮށްދޭ ނަމޫނާ މިސާލުތަކަކަށް ސްކޫލްތަށް ވެގެންދިއުމެވެ. މިކަންކަން ހާސިލް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ލަޅުދަނޑި ތަކުގެ ތޭރޭގައި ކުނި އުފައްދާ މިންވަރު ވީހާވެސް މަދުކޮށް، އުފެދޭ ކުނި އަލުން ރީސައިކަލް ކުރުމާއި ކުނި އަލުން ފައިދާ ކުރުވަނި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.

'އައްޑޫސިޓީ ގްރީން ސްކޫލް އިނީޝިއޭޓިވް' ޕްރޮގްރާމްގެ ޕައިލެޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފޭދޫ ސްކޫލްގައެވެ.