އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނަލަފެހި މީދޫން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

21 ޖެނުއަރީ 2021     3 years ago


ނަލަފެހި މީދޫން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ނަލަފެހި މީދޫން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި، 05 ޖަނަވަރީ 2021 ވަނަ ދުވަހު ބޭއްވި، ބްރިޓިޝް ލޯޔަލްޓީ ރެކްގެ 75 ވަނަ އަހަރީ ދުވަސް ދާހަގަކުރުމުގެ ހަރަކާތާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައި ހަރަކާތް ބާއްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މިގޮތުން، މި ހަރަކާތް ބާއްވާނެ ގޮތުގެ ޕްލޭނާއި ތައްޔާރީތައް ފެށުމާއި، ހަރަކާތް އިންތިޒާމު ކުރުމާއި ޕްރޮމޯޓްކޮށް މާކެޓް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ކުރިން ބޭއްވި ހަރަކާތް ތަންފީޒުކުރަން ކުރި މަސައްކަތް ރިވިއުކޮށް، އެކަމުގައި ދިމާވި ގޮންޖެހުންތަކާއި މައްސަލަތައް ފާހަގަކޮށް، އެކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ބްރިޓިޝް ލޯޔަލްޓީ ޑައިވްގެ މައި ހަރަކާތް، 26 ޖުލައި 2021 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޭޔަރ އާއި ޑެޕިޔުޓީ މޭޔަރގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ، ޖަމްޝީދާ މުޙައްމަދެވެ. އަދި ނަލަފެހި މީދޫގެ ފަރާތުން އެ ޖަމިއްޔާގެ ޗެއަރ ޕާސަން، އިބްރާހިމް ވަހީދު އާއި ޖަމިއްޔާގެ ނައިބު ރައީސާ، އާމިނަތު ޞާލިހާގެ އިތުރުން އެ ޖަމިއްޔާގެ ބައެއް މެންބަރުންނާއި، މި ހަރަކާތުގައި ވޮލަންޓިއަރ ކުރައްވާ ބައެއް ފަރާތްތަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.