އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކައުންސިލާ ބައްދަލުކޮށްފި

19 އޮކްޓޯބަރ 2016     7 years ago


ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކައުންސިލާ ބައްދަލުކޮށްފި

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކައުންސިލާ އެކު ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ.

މިބައްދަލުވުމަކީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެދިލައްވައިގެން އެ ބިއުރޯ އިން އައްޑޫސިޓީގައި ކުރިއަށް ގެންދަން ރާވާފައިވާ އައްޑޫސިޓީގެ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތާއިބެހޭ ސާވޭއެއް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ފަރާތުން އެދިލައްވާ އެހީ ތަކާ މެދު މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މިގޮތުން މި ސާވޭ ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވާ  ފަރާތްތަކަށް މަސައްކަތް ކުރެވޭނެ ޖާގަހުރި ތަނަކާއި ކޮންމެ އަވަށަކުން ފޯކަލް ޕްއިންޓެއް ހަމަޖައްސައި ދިނުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ކައުންސިލް ގެ ފަރާތުން އެދިފައެވެ.

10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭ ފަށަން ހަމަޖެހިފައިވަނީ މިމަހު 22 ވާ ހޮނިހިރު ދުވަހުއެވެ. މި ސާވޭ އައްޑޫސިޓީގެ ހުރިހާ އަވަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.