އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'އައިސީޓީ ފޯ އޮފީސް އެޑްމިނިސްޓްރޭޝަން' ގެ ނަމުގައި ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

19 އޮކްޓޯބަރ 2016     7 years ago


'އައިސީޓީ ފޯ އޮފީސް އެޑްމިނިސްޓްރޭޝަން' ގެ ނަމުގައި ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޙާއްސަ ކޮށްގެން 'އައިސީޓީ ފޯ އޮފީސް އެޑްމިނިސްޓްރޭޝަން' ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފި.

ދެދުވަހުގެ މުއްދަތަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްގައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި އާންމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރތަކަށް މުވައްޒަފުންގެ އަހުލުވެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވޭ ތަމްރީން ޕްރޮގްރާމެކެވެ. ޖުމްލަ 20 މުވައްޒަފުން ހިމެނޭ މި ޕްރޮގްރާމްގެ ސެޝަންތައް ނަގައި ދެނީ ކައުންސިލް އިދާރާގެ އައިޓީ ޔުނިޓްގެ ދެ މުވައްޒަފުން ކަމަށްވާ މުޙައްމަދު ލަތީފް އާއި އަލީ ސަވާދު އެވެ.

ކައުންސިލް އިދާރާއިން މީގެ ކުރިން ވެސް މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން މިދިޔަ މަހު 'އޮފީސް ދިވެހި' ގެ ނަމުގައި ދިވެހި ބަހުގެ ތަމްރީން ޕްރާގްރާމެއް ވަނީ ގެންދެވިފައެވެ.