އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

22 މާރޗް 2021     3 years ago


އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ ގުޅޭގޮތުން ދިވެހި ރެޑް ކްރެސެންޓުން އައްޑޫ ސިޓީ ކައުންސިލާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި، ދިވެހި ރެޑް ކްރެސެންޓުން ވަނީ މިހާރު އެކުލަވާލާފައިވާ އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގެ ފުރަތަމަ ޑްރާފްޓަށް އަލިއަޅުއްވާލައްވައި، ޑްރާފްޓުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކައުންސިލާ ހިއްސާކުރައްވައިފައެވެ.

އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ވެގެންދާނީ މުޅި ދިވެހިރާއްޖޭގައިވެސް އެކުލަވާލާ މިފަދަ ފުރަތަމަ ޕްލޭނަށެވެ.

އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުވުމުގައި މޭޔަރ އާއި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދާއި، އައްޑޫގެ އަވަށު އޮފީސްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ގޮފީގެ މެނޭޖަރ، ޝަފްނާ އަޙުމަދު ދީދީ އާއި ރެޑް ކްރެސެންޓްގެ ކޮންސަލްޓަންޓް، ސޯނާތު ޢަބްދުއްސައްތާރު ބައިވެރިވެލެއްވިއެވެ.