އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހިތަދޫ ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

30 މާރޗް 2021     9 months ago


އައްޑޫ ސިޓީ ހިތަދޫ ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީ ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ހެނދުނު އެ ސަރަޙައްދުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ މޭޔަރ، އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.

މި މިސްކިތަކީ ހިތަދޫގެ ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ރަމަޟާން މަހު ޖަމާޢަތުގައި ނަމާދުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރެވޭ ވަގުތީ މިސްތިކެވެ. އަދި މި މިސްކިތަކީ ކައުންސިލްގެ އެއްބާރުލުމާއެކު، ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ދެ ޖަމިއްޔާ ކަމަށްވާ ނޫރުލް އިސްލާމާއި، ޖަމިއްޔަތުލް އުލަމާގެ ދީލަތި އެހީގެ ދަށުން ބިނާކުރެވޭ މިސްކިތެކެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މޭޔަރގެ އަރިހުގައި ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަންތަކުގެ އިސްވެރިންނާއި، ޝެއިޚް އިބްރާހިމް ރުޝްދީ އާއި ޝެއިޚް މުޙައްމަދު އަނީލާއި، ޢައްޝައިޚް ޢަބްދުއްސަމަދުގެ އިތުރުން އަލް ޙާފިޒް އައްޝައިޚް ރަޒީން ހުސްނީވެސް ބައިވެރިވެލެއްވިއެވެ.