އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިއްޖެ

22 އޮކްޓޯބަރ 2016     7 years ago


"އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިއްޖެ

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ބައިނަލްއަޤްވާމީ ޝެފުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓުގެ ތެރެއިން "އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ހަރަކާތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިއްޖެއެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސް އާއި އައްޑޫ ވިމެންސް ޑެވެލޮޕްމެންޓް ކޮމިޓީ އިން އިންތިޒާމްކޮށްގެން ބާއްވާ މި ކެއްކުމުގެ މުބާރާތަކީ އަންހެނުންނަށް ހާއްސަ ކުރެވިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ގިނަވެގެން 24 ޓީމަށް ބައިވެރިވެވޭ މި މުބާރާތުގައި ބައިވެރިވުމަށް 5 މެމްބަރުންގެ ޓީމެއް އެކުލަވާލަން ޖެހެއެވެ. ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެއްވަނަ އަށް ދާ ޓީމަކަށް ތަށްޓާއި 5000.0ރ ގެ ފައިސާގެ އިނާމް އަދި ދެވަނައަށް ދާ ޓީމަކަށް 2500.0ރ ވަނީ ހުށަހެޅިފައެވެ. ތިންވަނައަށް ދާ ޓީމަކަށް ހުށަހެޅިފައިވާ އިނާމަކީ 1500.0ރ އެވެ.

އައްޑޫގެ ހުރިހާ އަވަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި "އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ގައި ބައިވެރިވާން އެދޭ ފަރާތްތައް 25 އޮކްޓޯބަރުގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ. މި ފޯމް އައްޑޫސިޓީ ކައުންސިލްގެ ވެބްސައިޓް ގެ އިތުރުން އަވަށު އޮފީސްތަކުން ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ގެންދަން ރާވާފައިވަނީ 29 އޮކްޓޯބަރުގައެވެ.

" އައްޑޫ ފެސްޓިވް މީލް ޗެލެންޖް 2016" ގައި ބައިވެރިވާން އެދޭ ފޯމް