އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދިރާގުން ކައުންސިލަށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފި

27 އޮކްޓޯބަރ 2016     7 years ago


ދިރާގުން ކައުންސިލަށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފި

ދިރާގުން ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން މިހާރު ކުރިއަށް ގެންދާ އިނީޝިއޭޓިވްއަކާ ގުޅިގެން އެ ފަރާތުން މިއަދު ކައުންސިލަށް ރީޔޫސަބަލް ކޮތަޅުތަކެއް ހަދިޔާ ކޮށްފި.

ކަނޑުގެ ހިމާޔަތަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޕާލޭގެ އެފިލިއޭޓް ގްރޫޕަކާއި ގުޅިގެން ' ފޯ ދަ އޯޝަންސް' ގެ ނަމުގައި ދިރާގުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގެ ދަށުން މިއަދު ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމަކަށްފަހު 125 ރީޔޫސަބަލް ކޮތަޅު ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ. ދިރާގުގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި މި އިނިޝިއޭޓިވް ގެ މަގްސަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ވީހާވެސް މަދުކުރުން ކަމަށެވެ. ބާޒާރަށްދާ ކޮންމެ ފަހަރަކު ޕްލާސްޓިކް ކޮތަޅު ގެއަށް ގެނެވޭ ކަމަށާއި ނަމަވެސް ދެން އެތަކެތި ވެގެން ދަނީ ކުނީގެ ގޮތުގައި އުކާލެވޭ ތަކެއްޗަށްކަމުން އޭގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އޭގެ ބަދަލުގައި ރީޔޫސަބަލް ކޮތަޅު ބޭނުންކުރުން އާދައަކަށް ހެދުން މުހިއްމު ކަމުގައި އެފަރާތުން ފާހަގަ ކުރެއްވިއެވެ.