ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އިން ކައުންސިލާ މިއަދުގެ ވަގުތެއްގައިވަނީ މައުލޫމާތުގެ ބައްދަލުވުމެއް ބާއްވާފައެވެ.
ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މިބައްދަލުވުމަކީ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރުން 2017 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭންގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށް މަޝްވަރާ ކުރުމަށެވެ. މިގޮތުން އެސެންޓަރުގެ ފަރާތުން އަންނަ އަހަރުގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާ އިރު އެމައުލޫމާތު ހިމެނޭ އެކްޝަން ޕްލޭން ކައުންސިލާ ވަނީ ހިއްސާކޮށްފައި.
މިބައްދަލުވުމުގައި ފެމިލީ އެންޑް ޗިލްޑްރެންސް ސެންޓަރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި ހިމެނޭ ހަރަކާތްތަކާމެދު ކައުންސިލާއެކު ވަނީ މަޝްވަރާ ކުރެވިފައި އަދި އެހަރަކާތްތައް ހިންގުމުގައި ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ވާހަކަ ދެކެވިފައިވެއެވެ.
މޭޔަރ އަބްދުﷲ ޞާދިޤްގެ ވާހަކަ ފުޅުގައި ފެމިލީ އެންޑް ޗިލްޑްރެންސް ސެންޓަރުން ހިންގާ ހަރަކާތްތަކުގެ މުހިއްމުކަމާމެދު އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނަށާއި އަންހެނުންނަށް ކުރެވޭ އަނިޔާއާމެދު މީހުން ހޭލުންތެރި ކުރުވުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައިވެއެވެ.