އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'އޮރެންޖް ދަ ވޯލްޑް' ކެމްޕޭން މޭޔަރ އިފްތިތާޙް ކޮށްދެއްވައިފި

27 ނޮވެމްބަރ 2016     7 years ago


'އޮރެންޖް ދަ ވޯލްޑް' ކެމްޕޭން މޭޔަރ އިފްތިތާޙް ކޮށްދެއްވައިފި

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް 'އޮރެންޖް ދަ ވޯލްޑް' ޝިއާރު ގެ ދަށުން ހިންގާ ކެމްޕޭން މޭޔަރ އަބްދުﷲ ޞާދިޤް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

16 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިކެމްޕޭނަކީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ފަންޑް ހޯދުމުގެ ގޮތުން ހިންގޭ ކެމްޕޭނެކެވެ.

ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސްއާއި ވިމެންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިކެމްޕޭން ފެށުމުގެ ގޮތުން ހިތަދޫ ޔޫތް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މޭޔަރ އަބްދުﷲ ޞާދިޤް ވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް އިލްތިމާސްކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިން އޮރެންޖް ކުލައިން އަތްތިލައިގެ ފާހަނގަ ޖެހުމުގެ ހަރަކާތެއް ކުރިޔަށް ގެންދެވުނެވެ. މިހަރަކާތުގެ މަޤްސަދަކީ އަންހެނުންނަށް އަނިޔާކުރުމަށް އަތް އިސް ނުކުރުމަށް ބާރުއަޅައި އެކަން ރަމްޒުކޮށްދިނުމެވެ.