އައްޑޫސިޓީ އާއި ޗައިނާގެ ސިޓީ އޮފް ހުއިޒޯ އާއި ދެމެދު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ގާއިމުކުރުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤް މިއަދު މާލެ ފުރާ ވަޑައިގެންފިއެވެ. މި ބައްދަލުވުން އޮންނާނީ މާލޭގައި ހުންނަ ޗައިނާ އެމްބަސީގައެވެ.
ޗައިނާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގެ އެދިވަޑައިގަތުމަކަށް މޭޔަރ ކުރައްވާ މިދަތުރުފުޅުގައި ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ޑިރެކްޓަރ މުހައްމަދު ސައުދީ ހަސަން ބައިވެރިވެލައްވައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ސަފީރު ވަންގ ފޫކަންގް ވަނީ 2014 ވަނަ އަހަރު މެއި މަހު އައްޑޫސިޓީ އަށް ވަޑައިގެން މޭޔަރާ ބައްދަލުކުރައްވާފައެވެ.