އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޯކަލް ކައުންސިލް އިންތިޚާބަށް އައްޑޫސިޓީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި ޕޮލިހާ އެކު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

3 އެޕްރީލް 2017     7 years ago


ލޯކަލް ކައުންސިލް އިންތިޚާބަށް އައްޑޫސިޓީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި ޕޮލިހާ އެކު ކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އައްޑޫސިޓީގެ އެކި ދާއިރާތަކުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އައްޑޫސިޓީ ކައުންސިލުން މިއަދު ބައްދަލުކުރައްވައިފިއެވެ. 

މިބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 9/2016 (11 މެއި 2016)ގެ ދެންނެވުމުގައި، ސިޓީ ކައުންސިލްގެ ބާރުތަކުގެ 15 ވަނަ ނަންބަރުގައި "ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން" މިގޮތަށް ބަޔާންވެފައި އޮތުމާއެކު، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަޤްސަދުގައި ކައުންސިލުން އިންތިޒާމް ކުރެއްވި މަޝްވަރާ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ފޮލިސް ސާރވިސްގެ ފަރާތުން ސަބް އިންސްޕެކްޓަރ ޖަމްޝީދު ޢަލީ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށް އަމާން އިންތިޚާބެއް ބޭއްވޭނެ މަގު ފަހިކޮށްދެއްވުމުގައި ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބަށް އައްޑޫސިޓީން ޖުމްލަ 19 ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތީ 10 ކެންޑިޑޭޓުންނެވެ.