އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

26 އެޕްރީލް 2017     6 years ago


ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 2 ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ. މިތަމްރީނު ޕްރޮގްރާމް ތަކަކީ ކައުންސިލް އިދާރާއާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި)އާ ގުޅިގެން މުވައްޒަފުންގެ ތެރެއިން އެގްޒެކެޓިވް ލެވެލްގެ މުވައްޒަފުންނަށް ޙާއްސަކޮށްގެން "ލީޑަރޝިޕް ފޯ އެގްޒެކެޓިވްސް" ގެ ނަމުގައި އަދި ޖީ.އެސް 2،3،4 ގެ މުވައްޒަފުންނަށް "އިންގްލިޝް ފޯ އޮފީސް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ހިންގާ ތަމްރީނު ޕްރޮގްރާމް ތަކެކެވެ. އެގްޒެކެޓިވް ލެވެލްގެ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވަނީ ސީ.އެސް.ޓީ.އައި ގެ ފަރާތުން އެކްސްޓާނަލް ޓްރެއިނާ މުޙައްމަދު ނަޒީފްއެވެ. ޖީ.އެސް ރޭންކުގެ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވަނީ ސީ.އެސް.ޓީ.އައި ގެ ފަރާތުން އާމިނަތު ޝިއުރާއެވެ.

މިތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. އަދި ތަމްރީނު ފުރިހަމަކުރާ މުވައްޒަފުންނަށް ސީ.އެސް.ޓީ.އައި ގެ ފަރާތުން ސަރޓިފިކެޓެއް އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.