އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަލަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއެކު ސައިފޮދު ހިއްޕެވުމެއް ބާއްވައިފި

16 މޭއި 2017     6 years ago


އަލަށް ހޮވިވަޑައިގަތް ކައުންސިލަރުންނާއެކު ސައިފޮދު ހިއްޕެވުމެއް ބާއްވައިފި

ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގައި ވާދަކޮށް ކާމިޔާބީ ހޯއްދެވި ކައުންސިލަރުންނަށް މިހާރުގެ ކައުންސިލަރުންގެ ފަރާތުން ސައިފޮދު ހިއްޕެވުމެއް މިއަދު ބާއްވައިފިއެވެ. އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވި މި ސައިފޮދުހިއްޕެވުން ބޭއްވުނީ ކައުންސިލް އިދާރާގައި ކައުންސިލް ބައްދަލުވުމާވެސް ގުޅުވައިގެންނެވެ. މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އަލަށް ހޮވިވަޑައިގަތް ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެން ބައްދަލުވުން ކުރިޔަށްދާގޮތް ބައްލާވާފައެވެ.

ލޯކަލް  ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިހާރު އިލްކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާއިރު ކައުންސިލްތަކަށް ހޮވިވަޑައިގަތް ކައުންސިލަރުންގެ ހުވާ ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.