އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލަރުންނަށް މަސައްކަތަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ފަށްޓަވައިފި

23 މޭއި 2017     6 years ago


އައްޑޫސިޓީ ކައުންސިލަރުންނަށް މަސައްކަތަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ފަށްޓަވައިފި

އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް އިންތިޚާބުވެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކައުންސިލަރުންނަށް ބާއްވާ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް މިއަދު ފަށްޓަވައިފިއެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10:00 މެންދުރު ފަހު 14:00 އަށް 2 ދުވަހުގެ މުއްދަތަށް ކައުންސިލްގެ އިދާރާގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތު ދެވޭ ކަންކަމުގެ ތެރޭގައި ކައުންސިލްގެ ހިންގާ ގަވާއިދާއި، ވިޝަން، މިޝަން، ޕްލޭން، މަސައްކަތު ތާވަލް، އަދި ރިޕޯޓް ހުށަހެޅުމާއި ރައްޔިތުންނަށް މައުލޫމާތު ދިނުމާ ގުޅޭ ގޮތުންނާއި، މާލިއްޔަތުގެ ގަވާއިދާއި، ކައުންސިލުން ވިޔަފާރި ކުރުމާއި، ފައިސާގެ ކަންތައް ހިންގާ ބެލެހެއްޓުމާއި، ކައުންސިލްގެ މެމްބަރުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ސިވިލް ސަރވިސްގެ ގަވާއިދު ހިމެނެއެވެ.  

މި ޕްރޮގްރާމް މިއަދު ފަށްޓަވައި ދެއްވީ ޒިންމާދާރުވެރިޔާ އަދި ޑިރެކްޓަރ މުހައްމަދު ސަޢުދީ ހަސަން އެވެ. އާ ކައުންސިލަރުން މާގާމުގެ ހުވާކުރައްވާނީ ޖޫން މަހުގެ 3 ވަނަ ދުވަހު އެކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.