އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޯލްޑް ބޭންކުގެ ޕަބްލިކް ފައިނޭންސް މޮނިޓަރިންގ ޕްރޮޖެކްޓުގެ ކޮންސަލްޓެންޓުން ކައުންސިލާ ބައްދަލުކުރައްވައިފި

7 ޖުލައި 2017     6 years ago


ވޯލްޑް ބޭންކުގެ ޕަބްލިކް ފައިނޭންސް މޮނިޓަރިންގ ޕްރޮޖެކްޓުގެ ކޮންސަލްޓެންޓުން ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހިންގާ ވޯލްޑް ބޭންކުގެ ޕަބްލިކް ފައިނޭންސް މޮނިޓަރިންގް ޕްރޮޖެކްޓްގެ 2 ކޮންސަލްޓެންޓަކު އިއްޔެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި މި ޕްރޮޖެކްޓުގެ ފަރާތުން ކައުންސިލާ ބައްދަލުކުރެއްވީ ލީޑް ފައިނެންޝަލް މެނޭޖްމެންޓް ސްޕެޝަލިސްޓް ފްރޭންކް ބެސްޓް އާއި ސީނިއަރ ފައިނޭންޝަލް މެނޭޖްމެންޓް ސްޕެޝަލިސްޓް ޚުރަމް ފާރޫޤުގެ އިތުރުން ޕްރޮޖެކްޓް ކޯޑިނޭޓަރ ހައްވާ ރިޝްދާ މުޙައްމަދެވެ.

މި ބައްދަލުވުމުގައި ކައުންސިލަށް ކަނޑައެޅިފައިވާ ބަޖެޓް ޚަރަދު ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބަޖެޓް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ޕްރޮޖެކެޓްގެ ބައިވެރިންނަށް ކައުންސިލުންވަނީ މައުލޫމާތު އަރުވާފައެވެ.