އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ" އައްޑޫސިޓީގައި ފަށައިފި

9 ޖުލައި 2017     4 years ago


"ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ" އައްޑޫސިޓީގައި ފަށައިފި

ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ" ގެނަމުގުއި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ކުރާ ސާވޭ އައްޑޫސިޓީގައި ފަށައިފިއެވެ.

ޤައުމީ ފެންވަރުގައި ކުރާ މިސާވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 42 ދުވަހުގެ މުއްދަތަކަށެވެ. މިސާވޭއަކީ ބައިނަލްއަޤުވާމީ ފެންވަރެއްގައި އާބާދީ އާއި ސިއްޙަތާގުޅުން ހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލަތާއި ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ސާވޭއެކެވެ.

މި ސާވޭއާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން އައްޑޫސިޓީއަށް ފޮނުއްވާފައިވާ ޓީމުންވަނީ ސާވޭއާ ގުޅޭ މަޢުލޫމާތު މިއަދު ކައުންސިލާ ހިއްސާކުރަށްވާފައެވެ. މިސާވޭއިން އެއްކުރެވޭ މަޢުލޫމާތުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީއަކަށް ވެގެންދާނެކަމަށް ސާވޭ ޓީމުން މިއަދު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު އަރުވާފައިވެއެވެ.