އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ފެއްޓުމަށް ތައްޔާރުވަނީ

12 ޖުލައި 2017     6 years ago


ފޭދޫގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ފެއްޓުމަށް ތައްޔާރުވަނީ

އައްޑޫސިޓީ ފޭދޫގައި ފެންހިންދާ ނިޒާން ޤާއިމްކުރުމުގެ މަޝްރޫޢު ފެއްޓުމުގެ ގޮތުން ކުރަންޖެހޭ ދިރާސާ މަސައްކަތްތައް ފެށިގެން ކުރިއަށް އެބަދެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިމަސައްކަތް ހަވާލު ކުރައްވާފައިވާ ކުންފުނި ވޯޓާ ސޮލިއުޝަންސުން ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެއްވަމުން އެންވަޔަރަންމެންޓަލް ކޮންސަލްޓެންޓް ޙަސަން ޝާޙް ވިދާޅުވި ގޮތުގައި ފެންހިންދުމުގެ މިމަޝްރޫޢުގައި އެކުންފުންޏާ ހަވާލު ކުރެވިފައިވާ މަސައްކަތަކީ ފީސިބިލިޓީ ސްޓަޑީ، އީ.އައި.އޭ އަދި ފެންހިންދާ ނިޒާމްގެ ޑިޒައިން ތައްޔާރު ކުރުން ކަމަށެވެ. އަދި އެމަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރު ޤާއިމް ކުރެވަފައިވާ ފެންހިންދާ ނިޒާމް ދިރާސާކޮށް ކަމާގުޅުންހުރި ބައެއް ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު އެއްކޮށްފައިވާކަމަށް ޝާޙް ވިދާޅުވިއެވެ.

ވާރޭވެހޭ މޫސުންތަކުގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ މައްސަލައަކީ އައްޑޫސިޓީ ހުރިހާ އަވަށަކަށްވެސް ކުރިމަތިވާ މައްސަލައެކެވެ. ނަމަވެސް ފޭދޫ އަވަށަށް މިމައްސަލަ ކުރިމަތިވާލެއް ބޮޑުކަން ފާހަގަކުރެވެއެވެ.