އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެންވަޔަރަންމަންޓް މިނިސްޓްރީގެ ޓީމެއް ކައުންސިލާ ބައްދަލުކުރައްވައިފި

20 އޯގަސްޓް 2017     6 years ago


އެންވަޔަރަންމަންޓް މިނިސްޓްރީގެ ޓީމެއް ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޓީމެއް މިއަދު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓްރީގެ ފަރާތުން ކައުންސިލާ ބައްދަލުކުރި މިޓީމުގެ ދަތުރަކީ ކުނި މޭނޭޖްކޮށް ބަލެހެއްޓުން ހިނގާ ނުހިނގާ ގޮތް ބެލުމަށާއި، މީދޫގައި ޤާއިމް ކުރެވުނު ކުނިކޮށީގެ މަސައްކަތް ފަށައިގަތުމުގެ ކުރިން ހުރި ދަތިތައް ދެނެގަތުމަށާއި، އައްޑޫގައި ޤާއިމް ކުރުމަށް ނިންމާފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތް ފެށުމުގެ ގޮތުން ކުރަން ހުރި މަސައްކަތްތަކާ ގުޅިގެން ކުރެއްވި ދަތުރެކެވެ.

މިބައްދަލުވުމުގައި އައްޑޫގައި ޤާއިމް ކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއާ ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެވިފައިވެއެވެ. މިގޮތުން ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ޑިޒައިން ކުރެވިފައިވާ ގޮތާއި ކުނި މެނޭޖްކުރެވިގެންދާނެ ގޮތް މިނިސްޓްރީގެ ޓީމުން ވަނީ ކައުންސިލާ ހިއްސާ ކުރައްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިން ހިންގާ މިޕްރޮޖެކްޓްގެ ދަށުން ޤާއިމް ކުރެވޭ ރީޖަނަލް ވޭސްޓް މޭނޭޖްމަންޓް ފެސިލިޓީ އެޅުމަށް ނިންމާފައިވަނީ މިހާރުގެ ކުނިކޮށިއާ ޖެހިގެން އިރުން އޮތް ބިމުގައެވެ. މިވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތް ނިމުމުން ހުވަދޫ އަތޮޅާއި ފުވައްމުލަށް ސިޓީއާއި އައްޑޫގައި އުފެދޭ ކުނި އެރަށެއްގައި މެނޭޖްކުރުމަށްފަހު ބާކީވާ ކުނި ގެނެވޭނީ އައްޑޫގައި ޤާއިމް ކުރެވޭ ވެސްޓް މެނޭޖްމަންޓް ފެސިލިޓީއަށެވެ.