އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެލެ.ޖީ.އޭ ގެ ފަރާތުން ކައުންސިލާ ބައްދަލުކުރައްވައިފި

28 އޯގަސްޓް 2017     6 years ago


އެލެ.ޖީ.އޭ ގެ ފަރާތުން ކައުންސިލާ ބައްދަލުކުރައްވައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ފަރާތުން މިއަދު ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމަކީ ކައުންސިލަށް ކުރިން ލިބިދެނިވިފައިވާ ބާރުތުތަކުގެ ތެރެއިން ބިންބިމާއި އިމާރާތްތަކުގެ އެންމެހައި ބާރުތައް ކައުންސިލަށް އޮތްއިރު ރައްކާކުރެވިފައިވާ ލިޔެކިޔުންތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރއާ ހަވާލުކުރުމުގައި ދެފާރާތުގެ ދެމެދުގައި އުފެދިފައިވާ ޙިޔާލު ތަފާތުވުންތައް ހައްލުކުރުމަށް އެލް.ޖީ.އޭގެ ފަރާތުން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޝަމްޢޫން އާދަމް އާއި ލޯޔަރ އަލްއުޡްތާޒު އަޙްމަދު ޝިހާދު އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ އާމިނަތު ޒިދްނާއެވެ.

ޤާނޫނު ނަންބަރު :2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވެނު އިޞްލާހާއި ގުޅިގެން، ސިޓީ ކައުންސިލްތަކުން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތަކުގެ ތެރެއިން ބިންބިމާއި ޢިމާރާތްތަކުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓަރަކްޗަރއަށް ވަނީ ބަދަލުކުރެވިފައެވެ.