އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޗަސްބިންތަކާއި ކުޅިފަދަ ތަންތަނުން މަންފާ ހޯދިދާނެ މަސައްކަތް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ފަށައިފި

12 ސެޕްޓެމްބަރ 2017     3 years ago


ޗަސްބިންތަކާއި ކުޅިފަދަ ތަންތަނުން މަންފާ ހޯދިދާނެ މަސައްކަތް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ފަށައިފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ކުޅި އަދި ޗަސްބިމުގެ ވަސީލަތްތަކުން މަންފާ ހޯދިދާނެ މަސައްކަތް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މިޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޭޔަރ އަބްދުﷲ ޞާދިޤެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން މޭޔަރ ދެއްކެވި ވާހަކަފުޅުގައި، ވޯލްޑް ބޭންކުން ފަންޑުކޮށްގެން އީދިގަލި ސަރަހައްދު އީކޯ ޓޫރިޒަމަށް ތަރައްޤީކުރާ މަޝްރޫޢު ވީހާވެސް އަވަހަކަށް ނިމި މިހާރު އެސަރަހައްދުގައި ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ވިޒިޓާރ ސެންޓަރ އެޅުމުގެ މަސައްކަތްވެސް އަވަސް މުއްދަތެއްގައި ނިމިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މިތަމްރީން ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ދަނޑުވެރިކަންކޮށް އާމްދަނީ ހޯދިދާނެ ގޮތްތަކާއި ކުޅި، ފާ ޗަސްބިމުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތަށް ދަސްކޮށްދިނުމާއި އާމްދަނީ ލިބިދެނިވި ގޮތަކަށް ރާވެރިކަން ކުރާނެ ގޮތް އުނގަންނައިދެވޭނެއެވެ.