އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އައްޑޫސިޓީއަށް ޒިޔާރަތްކުރައްވައިފި

23 ސެޕްޓެމްބަރ 2017     6 years ago


ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އައްޑޫސިޓީއަށް ޒިޔާރަތްކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ޑރ. ޢަލީ ޝަމީމް އައްޑޫސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ. ޑރ. ޢލީ ޝަމީމްގެ މިދަތުރުފުޅަކީ އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވުމަށް ކައުންސިލުން ދެއްވި ދައުވަތަކަށް އައްޑޫސިޓީއަށް ކުރައްވާ ޒިޔާރަތެކެވެ.

ޑރ. ޝަމީމުގެ މިޒިޔާރަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް، "ދަރިން ތަރުބިއްޔަތުކުރުމުގެ ޒަމާނީ އަދި މޮޅު ހުނަރުތައް" މިނަމުގައި ލެކްޗަރއެއް ދެއްވާފައިވެއެވެ. އަދި ހުކުރު ދުވަހު ޝަރައްފުއްދީން ސްކޫލުގެ އޯ ލެވެލް އަދި އައްޑޫ ހައިސްކޫލުގެ އޭލެވްގައި ކިޔަވަމުންދާ ދަރަވަރިންނާ ބައްދަލުކޮށް ކިޔެވުމުގެ ހުނަރުތަކާއި ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތެކެއްވަނީ ހިއްސާކޮށްފައެވެ.

މިއަދު ކައުންސިލް އިދާރާގައި ބޭއްވުނު ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިންނަށް ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރެއްވީވެސް ޑރ. ޢަލީ ޝަމީމެވެ. މިއޮރިއެންޓޭޝަން ޕްރޮގްރާމަށްފަހު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސިވިލް ސަރވިސް އިސް މުވައްޒަފުންނާ ޑރ. ޢަލީ ޝަމީމު ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިއަދު މެންދުރުފަހުން ހިތަދޫ، މަރަދޫ އަދި ފޭދޫގެ އިސް މުދައްރިސުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޑރ. ޢަލީ ޝަމީމުގެ މިދަތުރުފުޅު ނިންމަވާލައްވައި ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.