އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރެކްރިއޭޝަން ކްލަބްގެ ފުރަތަމަ އުމްރާ ދަތުރު ރަޒީނާއަށް

24 ސެޕްޓެމްބަރ 2017     6 years ago


ރެކްރިއޭޝަން ކްލަބްގެ ފުރަތަމަ އުމްރާ ދަތުރު ރަޒީނާއަށް

އަސްކޮއި ޙައްޖު-އުމްރާ ގުރޫޕާއި ގުޅިގެން އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބްގެ ފަރާތުން ދޭ ފުރަތަމަ އުމްރާ ދަތުރަށް އެސިސްޓެންޓް އެކައުންޓްސް އޮފިސަރ އަލްފާޟިލާ ޚަދީޖާ ރަޒީނާ ހޮވިވަޑައިގެންފިއެވެ.

މިއަހަރުގެ ޑިސެމްބަރ މަހު އޮންނަ ޢުމްރާ ދަތުރަށް ދާނެ މެންބަރެއް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ބޭއްވިފައިވަނީ 22 ސެޕްޓެމްބަރ 2017ވަނަ ދުވަހު ބޭއްވުނު މުވައްޒަފުންގެ އަހަރީ ބައްދަލުވުމުގައެވެ. ޖުމްލަ 113 މެންބަރުންގެ މެދުގައި ނެގުނު މިގުރުއަތު ނަންގަވައިދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.

އައްޑޫސިޓީ ކައުންސިލް ވެލްފެއާ އެންޑް ރެކްރިއޭޝަން ކްލަބަކީ މުވައްޒަފުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުސަދުގައި މިއަހަރުގެ ޖޫންމަހު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ކްލަބެކެވެ. މުވައްޒަފުންގެ ކުރިއެރުމާއި އެކުވެރިކަން އާލާކުރުމަށް ގިނަކަންކަން ރޭވިފައިވާއިރު، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މަދުވެގެން އެއް މުވައްޒަފަކަށް އުމްރާ ދަތުރު ދިނުމަށް ކްލަބުގެ ހިންގާ ކޮމިޓީންވަނީ ނިންމަވާފައެވެ.