އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑިލިޖެންސް އެންޓަރޕްރައިޒެސްގެ މައްޗަށް އެޑްވާންސް ފައިސާ އާއި ޖުރިމަނާ އަނބުރާ ކައުންސިލަށް ދެއްކުމަށް ޙުކުމްކޮށްފި

19 އޮކްޓޯބަރ 2017     6 years ago


ޑިލިޖެންސް އެންޓަރޕްރައިޒެސްގެ މައްޗަށް އެޑްވާންސް ފައިސާ އާއި ޖުރިމަނާ އަނބުރާ ކައުންސިލަށް ދެއްކުމަށް ޙުކުމްކޮށްފި

އައްޑޫސިޓީ މަރަދޫއާއި މަރަދޫފޭދޫއާއި އަދި ހުޅުދޫގެ ފުޓުބޯޅަ ދަނޑުތަކަށް ލައިޓްޕޯސްޓް ހޯދުމަށް 10 ޖުލައި 2014 ގައި ވެފައިވާ  އެއްބަސްވުމާ އެއްގޮތަށް ޑިލިޖެންސް އެންޓަރޕްރައިޒެސް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައި ނުވާތީ، އެއްބަސްވުމުގެ ދަށުން ޑިލިޖެންސް އެންޓަރޕްރައިޒެސް އަށް އައްޑޫ ސިޓީ ކައުންސިލުން ދީފައިވާ އެޑްވާންސް ފައިސާއާއި، ޖުރިމަނާގެ ފައިސާ ދެއްކުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ހާޝިމު ކުރައްވާފައިވާ ޙުކުމުގައި، އެޑްވާންސްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ލިބިގަތުމަށް އެދިފައިވާ 234,582/96ރ ދެއްކުމަށް ކަނޑައަޅައި މިގޮތުގެމަތިން ޑިލިޖެންސް އެންޓަރޕްރައިޒެސް ގެ މައްޗަށް ޙުކުމް ކުރައްވާފައިވެއެވެ.

މިފައިސާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ލިބިގަތުމަށް ކައުންސިލުން އެދިފައިވާ 117,291/48ރ ދައްކަންޖެހެނީ އެކީ އެއްފަހަރާ ތިރީސް ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. ބާކީވާ ފައިސާ 17 މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށް ވެސް ޙުކުމްގައި ވެއެވެ.